ފީފާއިން ޔޫތު ފުޓުބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތް އިތުރުކުރުމުގެ ގޮތުން ބާއްވަން ނިންމާފައިވާ 15 އަހަރުން ދަށު ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026ގެ ގްރޫޕް އޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ފީފާއިން ކޮންމެ އަހަރަކުވެސް ބާއްވަން ނިންމާފައިވާ 15 އަހަރުން ދަށުގެ ފެސްޓިވަލް މިފަހަރު އަމާޒުކޮށްފައި ވަނީ ފިރިހެން ކުދިންނަށެވެ. ފީފާއިން ބުނީ އަންނަ އަހަރު އަންހެން ކުދިންނަށް ހާއްސަކޮށް ވޯލްޑް ކަޕް ނޫނީ ފެސްޓިވަލް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ މުބާރާތް އަންނަ އޮކްޓޯބަރު މަހު 22 އިން 31 އަށް އަޒަރުބައިޖާންގައި ބާއްވަން ނިންމާފައިވާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނެނީ ޔޫރަޕްގެ ތިން ގައުމެއްގެ އިތުރުން ކެރިބިއަން ގައުމަކާއި އެފްރިކާ ގައުމެކެވެ.
ގްރޫޕް އޭގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކަކީ ފްރާންސް، ކޮސޯވޯ އަދި އެސްޓޯނިއާއެވެ. އެފްރިކާ ގައުމަކަށް ދެކުނު އެފްރިކާ އޮތް އިރު، އެ ގްރޫޕްގައި ހިމެނޭ ކެރިބިއަން ގައުމަކީ އެންގުއެލާއެވެ.
ފީފާގެ 15 އަހަރުން ދަށު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މެމްބަރު ހުރިހާ ގައުމަކަށް ވަނީ ދީފައެވެ.
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް
ކޮމެންޓް