1.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އޮކްޓޫބަރު 19 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.04 ބިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން ޑިސެމްބަރު 28 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 353.4 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
އަދި މިއަންނަ އަހަރުގެ މާޗް 22 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 160 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 36.9 މިލިއަން ރުފިޔާގެ ޓީ ބިލެއް ހިމެނޭކަމަށް ފިނޭންސުން ބުންޏެވެ.
މިނިސްޓްރީން ބުނީ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓަކީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދު ކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް