މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ފުން ހިތާމައެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ނާޒުކު ދަނޑިވަޅުގައި ރާއްޖެ ސާބިތުކަމާއެކު އޮތީ ސައުދީ އަރަބިއްޔާގެ ފަހަތުގައިކަން ހާމަކުރައްވަމުން، އުމްރާވެރިންނާއި ރައްޔިތުންގެ ހިމާޔަތުގައި ސައުދީގެ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ދެއްކި އަވަސް އަދި ހުށިޔާރު ރައްދަށް ރައީސް ވަނީ ތައުރީފުކުރައްވާފައެވެ.
އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ހަމަލާތައް ވަގުތުން ހުއްޓާލައި މަޝްވަރާގެ މަގަށް ރުޖޫއަވުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާކަމަށް ރައީސް ވިދާޅުވިއެވެ.
ސައުދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ހޫތީން ފޮނުވާލި މި ޑްރޯން ވައްޓާލާފައިވަނީ ރޭ އިރުއޮއްސި 6:50 ހާއިރު، މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން މައްކާގެ ދެކުނު ސަރަހައްދުންނެވެ.
މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހަށް ފަހު މައްކާއަށް އަމާޒުކޮށް ހޫތީން މިފަދަ ހަމަލާއެއް ދޭން މަސައްކަތްކުރި ދެވަނަ ފަހަރު ކަމަށާއި، ދެ ހަރަމްފުޅުގެ ރައްކާތެރިކަމަކީ އެއްވެސް އިމެއް ފަހަނައަޅައި ދެވިގެންވާނެކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހޫތީން ވަނީ މި ހަމަލާގެ ޒިންމާ ނެގުމަށް ދެކޮޅުހަދައި، އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މައްކާއާއި ޖިއްދާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ފާއިތުވި ހަފުތާގައި ހޫތީން ވަނީ ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ހޯމަ ދުވަހު ވައިގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 13 މީހަކު ޒަހަމްވުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް