ސަރުކާރުގެ ސިޔާސަތުތަކާއި ޕީއެންސީގެ މައިގަނޑު ފަލްސަފާ ބިނާވެގެންވަނީ ގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައްޗަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސްގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު މި ދެކޭ މިސްރާބަކީ ވޭތުވެދިޔަ ދިގު ސިޔާސީ މާޒީގައި ތަހައްމަލުކުރަންޖެހުނު ގޮންޖެހުންތަކާއި، ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ނާކާމިޔާބީތަކުން ލިބުނު ތަޖުރިބާތަކުގެ ނަތީޖާ ކަމަށެވެ.
އަދި މި ހުރިހާ ތަޖުރިބާއަކުން އިބުރަތް ހާސިލުކޮށް، ސަރުކާރާއި ޕާޓީ ކުރިއަށްދާނީ ގައުމީ މަސްލަހަތު އެންމެ އިސްކުރުމުގެ މަތިވެރި އަސާސްގެ މަތީގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީއަކީ ޒިންމާދާރު ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ އެންމެންގެ ހިތާއި ރޫހާ ގުޅިފައިވާ ވަޒަން ކަމަށްވާއިރު، އިސްލާމްދީނަށް ނަސްރުދިނުމާއި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ އެންމެ މުހިންމު ވާޖިބު ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެތެރޭގެ ކަންކަމުގައާއި ހާރިޖީ ސިޔާސަތުތައް އެކުލަވާލުމުގައިވެސް އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ގައުމީ މަސްލަހަތަށް ކަމުގައި ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އުމްރާނީ ހިދުމަތްތައް ފޯރުކޮށްދީ، ގައުމު ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރެވޭ ހުރިހާ މަސައްކަތްތައް ތަންފީޒު ކުރެވެމުންދާނީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މައިގަނޑު ތިން އަސާސަށް ރިއާޔަތްކޮށްގެން ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް