އިތުރު ހަތަރު ހަރަކާތަކާއި އާ 15 ކޮމިޓީއަކާއެކު ވެރިކަން ކުރާ ޕީއެންސީގެ އަސާސީ ގަވާއިދު ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) އިން އެންޑޯޒް ކޮށްފިއެވެ.
ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސް އަސާސީ ގަވާއިދު އެންޑޯޒް ކުރަން އޮތް ސެޝަންގައި، އަސާސީ ގަވާއިދަށް ހުށަހެޅުނު އިސްލާހުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ސެކްޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އެ އިސްލާހުތަަކަކީ ޕާޓީގެ ލީޑަޝިޕުން ބަލައިގެންފައިވާ އިސްލާހުތަކެއް ކަަމަށެވެ.
ދިހަ ޗެޕްޓަރާއި 106 މައްދާގެ މައްޗަށް ހިމެނޭ މި އަސާސީ ގަވާއިދަށް އިސްލާހުގެ ގޮތުގައި އާ ހަތަރު ހަރަކާތަކާއި އާ 15 ކޮމިިޓީއެއް އުފައްދަން ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާ ހަތަރު ހަރަކާތް:
-
- ދީނީ އިލްމުވެރިންގެ މަޖިލިސް
- އިސްރަށްވެހިންގެ ހަރަކާތް
- އަންހެނުންގެ ހަރަކާތް
- ޒުވާނުންގެ ހަރަކާތް
ފަތުހީ ވިދާޅުވީ، މި އިސްލާހުތަކުގެ ބޭނުމަކީ ޕާޓީގެ މެންބަޝިޕްގެ އަދަދުގެ މައްޗަށް ބިނާކޮށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުން ކަމަށާއި، އަނެއް ކަމަކީ އެކި ދާއިރާތަކަށް އަމާޒު ކޮށްގެން ޕާޓީގެ ހަރަކާތްތައް އުފައްދައި ގައުމަށް ލާބަހުރި މަގުން ޕާޓީ ހިންގުުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޕާޓީގެ އިސް ސަފުން ޕާޓީގެ މެންބަރުންނަށް އޮންނަ ޖާގަ ފުޅާކޮށް މެންބަރުންގެ ޝާމިލުވުން އިތުރު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންގްރެސްގައި އޮންނާނީ އަސާސީ ގަވާއިދު އެންޑޯޒް ކުރުން ކަމަށެވެ.
ޕާޓީގެ ހަރަކާތްތައް ހިނގުމަށް އުފައްދަން އަސާސީ ގަވާއިދަށް އިތުރުކުރި ކޮމިޓީތައް:
-
- ދާހިލީ ކަންކަމާބެހޭ ކޮމިޓީ
- މާލީ ކަންކަމާބެހޭ ކޮމިޓީ
- އިގްތިސަދީ ކަންކަމާބެހޭ ކޮމިޓީ
- ފަތުރުވެރިކަމާބެހޭ ކޮމިޓީ
- ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީއާބެހޭ ކޮމިޓީ
- މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ކޮމިިޓީ
- ގައުމީސަލާމަތާއި ދިފާއި ކަންކަމާބެހޭ ކޮމިޓީ
- ސިއްހަތާއި އިޖްތިމާއީ ކަންކަމާބެހޭ ކޮމިޓީ
- މައުލޫމާތު ފެތުރުމާއި މީޑިއާއާބެހޭ ކޮމިޓީ
- ސައިންސާއި ޓްކްނޮލޮޖީއާބެހޭ ކޮމިޓީ
- ގާނޫނީ ކަންކަމާބެހޭ ކޮމިޓީ
- ދިވެހި ބަހާއި ތާރީހާއި ސަގާަތާބެހޭ ކޮމިޓީ
- ތައުލީމާއި ހުނަރުވެރިކަމާބެހޭ ކޮމިޓީ
- ޒުވާނުންނާ ކުޅިވަރާބެހޭ ކޮމިޓީ
މި އިސްލާހުތަކާއެކު ކޮންގްރެސް އިން ޕީއެންސީގެ އަސާސީ ގަވާއިދު އެންޑޯޒްކުރަން ވޯޓަށް އެއްސެވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މި އިސްލާހުތަކާއެކު އަސާސީ ގަވާއިދު ފާސްކުރީ ކޮންގަރެސްގައި ތިއްބެވި 1064 މެންބަރުންގެ އިއްތިފާގުންނެވެ.
މޫސާ ފަތުހީ ވިދާޅުވީ، މި އިސްލާހުތަކުގެ ސަބަބުން މުހިއްމު ފަސްކަމެއް ހާސިލުވާނެ ކަމަށެވެ.
"ފުރަތަމަ ކަމަކީ ލީޑަޝިޕްގައި ހިމެނޭ އަދަދު އިތުރުވެ ގިންތީގެ އަދި މިންތީގެ ޝާމިލްވުން އިތުރު ވެގެންދާނެ، ދެވަނަ ކަމަކީ ދީނީ އިލްމުވެރިންނާއި އިސް ރަށްވެހިންނާއި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ މެންބަރުންގެ މަޖިލިސް ތެރެއިން ލިބިފައިވާ ފުރުސަތު އިތުރުވުން، ތިންވަނަ ކަމަކީ ހާއްސަ ކޮމިޓީތައް އުފެދުމާއެކު ޕާޓިގެ ހަރަކާތް ފުޅާވެގެންދިއުން، ހަތަރުވަނަ ކަމަކީ ޕާޓީގެ ގުނަވަންތަކުގެ ހަރަކާތްތެރިކަން އިތުރުވެގެންދިއުން ފަސްވަނަ ކަމަކީ ދާއިރާގެ ރައީސްއާއި ނާއިބު ރައީސްގެ ދައުރާ ސްޓިއަރިން ކޮމިޓީގެ ދައުރު އަސާސީ ގަވާއިދުގައި ހިމެނިގެންދިއުން،" އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް