ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވަން" އަށް މިއަދު ވިދާޅުވީ، ނާޒިމް މިއަދު ހެނދުނު ލިޔުމަކުން އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ.
ވަޒީރުންގެ ފެންވަރުގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރެއްވި ނާޒިމް އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއް ނޫނެވެ.
މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށެވެ. އެއަށްފަހު ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވިއެވެ.
ނާޒިމް ހެލްތު މިނިސްޓްރީން އިސްތިއުފާދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި =ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުގެ ކަންކަން ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ ކެބިނެޓުގެ މިނިސްޓަރުންތަކެއް އިސްތިއުފާދެއްވިއިރުގައެވެ.
އަލީ ޔާމިން
ކޮމެންޓް