ހެލްތު މިނިސްޓަރުގެ މަގާމުން އަބްދުالله ނާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ވަނީ މިނިސްޓަރު ނާޒިމް އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ނާޒިމް، ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2024 ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ނާޒިމް ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ

ނާޒިމް އާއެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.