ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މަގާމަށް މާރިޔާ އައްޔަންކުރައްވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އިތުރު ތަފުސީލެއް ފޮރިން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި މާރިޔާ އެންމެ ފުރަތަމަ ފުރުއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ޑިވޮލޮޕްމަންޓްގެ މަގާމެވެ. އޭގެ ފަހުން ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ސަރުކާރުގެ ސިޔާސީ މާހައުލަށް އައި ބަދަލުތަކާއެކު އޭނާ ވަނީ މިދިޔަ އޭޕްރީލް މަހުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެ އިސްތިއުފާއަށްފަހު ސަރުކާރުގެ އެކި މަގާމުތަކުން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވަނީ ފަހުން ބޭރު ގައުމުތަކުގެ ސަފީރު ކަމަށާއި ޑިޕްލޮމެޓިކް މުހިންމު މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އޭގެތެރޭގައި ކުރީގެ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.
އަލީ ޔާމިން
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ
ކޮމެންޓް