އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުން މަރިޔަމް މާރިޔާ އިސްތިއުފާ ދެއްވައިފިއެވެ.
އެގްރިކަލްޗާ މިނިސްޓަރުކަމުން މަރިޔަމް މާރިޔާ އިސްތިއުފާ ދެއްވާފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.
މާރިޔާ، އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2024 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ ބައެއް މިނިސްޓްރީތައް އުވާލައި، މިނިސްޓްރީތައް އެއްކޮށްލައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ފަހުއެވެ. އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މާރިޔާ ހުންނެވީ ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައެވެ.
މާރިޔާއާއެކު، މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔާ