ހުކުރު ނަމާދާއި އީދު ނަމާދުގައި އިމާމުންނާއި ހަތީބުން ލުމަށް ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ ހާއްސަ ހެދުމެއް ފަރުމާކުރުމަށް ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގެ އިމާމުން އާންމުކޮށް ތުރުކުރައްވަނީ މިސްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުމެވެ. އެހެންކަމުން، ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާކޮށް އިމާމުންނަށް ހެދުމެއް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިފަދަ ފޭރާމެއް ފަރުމާކުރުމުގައި ތާރީހާއި ސަގާފަތުގެ ފަންނުވެރިންގެ އެހީތެރިކަން ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެގޮތަށް ފަރުމާކުރެވޭ ހެދުމަކަށް އިސްލާމިކް މިނިސްޓްރީން ތާއީދުކުރާނެ ކަމަށާއި، އެކަމަށް ހާއްސަކޮށްގެން ފުރުސަތު ހުޅުވާލަން ވެސް ވިސްނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އިމާމުވެ ނަމާދުކުރައްވާއިރު ތާކިހާ ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ އިމާމުންނަށް ހާއްސަ ޑްރެސް ކޯޑެއް އޮތުމަކީ ރަނގަޅު ކަމެއް ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް