އީރާނުގެ މަދަދު ލިބޭ ހޫތީން، ޔަމަނުގެ ސަރުކާރުގެ ފައުޖުތައް ފަހަތަށް ޖެއްސުމަށްފަހު، އެ ގައުމުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް އެއްކޮށް ހިފައިފި ކަމަށް ބުނެފިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ބުނި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ޔަމަނުގެ ހުޅަނގު އައްސޭރިފަށުން 2،000 އަކަމޭލުގެ ސަރަހައްދެއް ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރޭގައި މުހިންމު ބަނދަރެއް އޮންނަ މޮކާ ސިޓީއާއި ދުބާބު ހިމެނޭ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ އުޅަނދުތަކަށް ރަތް ކަނޑުގައި ރައްކާތެރިކަން އޮންނާނެ ކަމަށްވެސް ހޫތީން ވަނީ ބުނެފައެވެ.
އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫތީން މި ސަރަހައްދުތަކަށް އަރާފައިވަނީ ސަރުކާރުގެ ފައުޖުތަކާ ދެމެދު ހަފުތާއެއްހާ ދުވަހު ހަމަލާބަދަލުކުރުމަށް ފަހުގައެވެ.
ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޔަމަނުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއާއި ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ ޕެރިމް (މައްޔޫން) ރަށާއި ހާނިޝް ރަށްތަކުން ސަރުކާރުގެ ފައުޖުތައް ވަނީ ފަހަތަށް ޖެހިފައެވެ.
ޔަމަނުގެ ސަރުކާރުގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ މީޑިއާތައް ބުނާގޮތުގައި، ހުޅަނގު އައްސޭރިފަށުގައި ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ހުރިހާ ސަރަހައްދެއް ވަނީ ގެއްލިފައެވެ. އަދި ހޫތީންގެ މި ކުރިއެރުންތަކާއެކު، ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް އެ ޖަމާއަތަށް ވަނީ ލިބިގފައެވެ.
މި ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި މޮކާއަށް ދާން އޮންނަ މަގުތަކަށް ހަމަލާދޭން ފަށާފައިވާ ކަމަށް ޔަމަނުގެ ސަރުކާރު ފައުޖުތަކުގެ ތަރުޖަމާނު މާޖިދު އަބްދުﷲ އަލް ނަޒީލީ ބުނެފައިވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް