ރާއްޖޭގެ އުމްރާނީ އަދި އިގްތިސޯދީ ތަރައްގީގައި އިންޖިނިއަރުން އަދާކުރަމުންދާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރުން އަލަށް ތައާރަފުކުރި "އިންޖިނިއަރިން އެވޯޑް" ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ތިން ބޭފުޅަކަށް އަރުވައިފިއެވެ.
އެ އެވޯޑަކީ އިންޖިނިއަރިން ދާއިރާގެ ކުރިއެރުމަށް ދިގު މުއްދަތެއްގައި އަގުހުރި، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ހިދުމަތްތެރިންނަށް ހާއްސަކޮށްގެން ދޭ އެންމެ މަތީ ޝަރަފެވެ.
އެގޮތުން މިއަހަރު އެ އެވޯޑު ހާސިލުކުރެއްވީ އަބްދުއްޝަކޫރު ސޯލިހު، އަލްމަރުހޫމް އަހްމަދު މަހުރީން އަދި އަލްމަރުހޫމް މުހައްމަދު ރަޝީދެވެ.
އަބްދުއްޝަކޫރު ސާލިލް:
ކަރަންޓުގެ ހިދުމަތުގެ ދާއިރާގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަބްދުއްޝަކޫރަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. މެކޭނިކަލް އިންޖިނިއަރެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ވަސީލަތްތައް ޒަމާނީކޮށް، ދާއިރާގެ ފަންނީ މުވައްޒަފުން ތަމްރީނުކޮށް ކުރިއެރުވުމުގައި އޭނާ ވަނީ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
އަލްމަރުޙޫމް އަހްމަދު މަހުރީން:
އިންޖިނިއަރިން އަދި ވައިގެ ދަތުރުފަތުރުގެ އުމްރާނީ އޮނިގަނޑު (އޭވިއޭޝަން އިންފްރާސްޓްރަކްޗާ) ތަރައްގީކުރުމުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި މަހުރީނަކީ ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގި އުމްރާނީ ބޮޑެތި މަޝްރޫއުތައް ރޭވުމާއި ހިންގުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅާއަކީ މަހުރީނެވެ.
އަލްމަރުޙޫމް މުހައްމަދު ރަޝީދު:
ސްޓެލްކޯގެ ޗެއާމަންގެ މަގާމާއި ސީއީއޯގެ މަގާމު ފުރުއްވި މުހައްމަދު ރަޝީދަކީ ކަރަންޓުގެ ދާއިރާއަށް 50 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ދިގު ހިދުމަތުގެ ދައުރުގައި، މުޅި ރާއްޖޭގެ ހަކަތައިގެ ނިޒާމު ފުޅާކޮށް، ގައުމީ ފެންވަރުގައި އުމްރާނީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ އިސްނަންގަވައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް