މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރުން އަރައިގަތުމުގައި މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އަހަރުގެ ފަހު ކުއާޓަރުގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު އޮތްގޮތުން މާޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން އެކުލަވާލި މިނިސްޓީރިއަލް ކޮމިޓީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު 24 ޕަސަންޓުގެ ދަށްވުމެއް އައި ނަމަވެސް މިހާރު އެ އަދަދު 2.6 ޕަސަންޓަށް ރިކަވާ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓަރަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށާއި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިންގެ އަދަދު ދަށް ނުވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް އިތުރު ހަތް އެއާލައިނަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާމް، އަރްމީނިއާ، އިތިއޯޕިއަން އެއާލައިން، ފްރާންސް އަދި ކުވެއިތު އެއާވޭސް ފަދަ ފްލައިޓްތައް ބާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ ޖުމުލަ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.
އަލީ ޔާމިން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް