ހދ. އަތޮޅުގައި ނާގޯށި ރިސޯޓު 11 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާގޯށި ތަރައްގީކުރުމުގެ މަޝްރޫއުގެ 55 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
"ޕަސެންޓޭޖުން ދަންނަވާ ކަމަށްވަންޏާ މިހާރު 55 ޕަސެންޓަށްވުރެ މައްޗަށް މުޅި މަސައްކަތް ނިމިފަ ހުރީ. މަސައްކަތް ކުރަމުން ގެންދިޔައީ މި އަހަރުގެ ނޮވެމްބަރަށް ހުޅުވަން ކަމުގައިވިޔަސް މި އަޅުގަނޑު ދެންނެވިހެން އަދި އިރާދަކުރެއްވިއްޔާ 11 ވަރަކަށް މަސްދުވަސް ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ނާގޯށި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ހުއްޓިފައިވާ ނާގޯށީގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެވެ.
ހދ. އަތޮޅަކީ ޓޫރިޒަމް ތަރައްގީވެފައި ނުވާ މަދު އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ. ސަރުކާރުގެ އަމާޒަކީ ހދ. އަތޮޅު ފަދަ ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުމެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް