ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް މަސައްކަތުގެ މާހައުލުގައި ދިވެހިންގެ އަދަދު އަދިވެސް މަދު ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި ޓޫރިޒަމް އިންޑަސްޓްރީގެ އިސް މަގާމުތަކުގައި ބިދޭސީން މަސައްކަތްކުރަމުންދާކަން ފާހަގަކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ދިވެހިން އެންމެ އިސް މަގާމުތައް އަދާކުރުމަކީ އެންމެންވެސް އެދޭ ގޮތް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އާބާދީ ކުޑަވުމާއި އިންޑަސްޓްރީ ކުރިއަރަމުންދާ މިންވަރަށް ބަލާއިރު، މުޅި ދާއިރާއަށް ބޭނުންވާ ވަރަށް ދިވެހި މަސައްކަތްތެރިންގެ އަދަދު ދަށްކަމަށް އެއީ ހަގީގަތެއް ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި އިންޑަސްޓްރީ ކުރިއަށްގެންދިއުމަށް ކޮންމެވެސް ވަރަކަށް ބޭރު މީހުން ވަޒީފާތަކުގައި ތިބެންޖެހޭ ހާލަތެއް އޮތް ކަމަށެވެ. އޭގެ އިތުރުން، މިހާރުވެސް ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ އަމާޒަކީ ތައުލީމާއި ތަޖުރިބާ ހުރެގެން ވަޒީފާއެއް ބޭނުންވެގެން ނުލިބިވާ އެއްވެސް ދިވެއްސަކު ނުހުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް މިނިސްޓްރީގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް އެކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މައިގަނޑު މައްސަލައަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ އަދަދާއި ދިވެހި ވޯކްފޯސްގެ ބެލެންސް ގެއްލި، އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް މަސައްކަތްކުރާނެ ދިވެހިން މަދުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް