ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ބޭންކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުން މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި، ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތްތައް ހިމަނައިގެން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމެއޭ) އިން ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް ގެނައި މި އިސްލާހުގައި، ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި އެ ކަންކަމަށް އެމްއެމްއޭގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވަނީ ބަޔާންކޮށްފައެެވެ.
އެގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ހަރަދު އެމްއެމްއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން ލުއި ދީފައިވާ ކަންތައްތައް:
-
- ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ޓެކްސް އަދި ބޭރު ފައިސާއިން ސަރުކާރަށް ދައްކަން ޖެހިފައިވާ އިލްތިޒާމްތައް
- ރާއްޖޭގައި ހިންގާ ނުވަތަ ރާއްޖޭން ބޭރުގައި ހިންގާ ބޭރުގެ މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާ ކުރަން ޖެހިފައިވާ ދަރަނި
- ކޯޓު ހުކުމެއް، އަމުރެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް ނުވަތަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއްގައި ދެއްކުމަށް ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމްތައް
- އެމްއެމްއޭއިން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމްތައް
އިބްރާހިމް ޒަކީ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް