އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މީޓްރޮލިޖިސްޓް އަޒީމާ އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ ކުރިއަށްއޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ. ގާތްގަނޑަކަށް 10، 11، 12، 13، 15 އާ ހަމައަށްވެސް. އަޕްޑޭޓްވާ ވަރަކުން ބޮޑަށް ކޮންޑިޝަން ބޮޑަށް އެކިއުރޭޓްވާނީ. އަދި ދައްކާގޮތުން ވިއްސާރަކޮށް އުޅެނީ، ކަނޑު އާދައިގެ ވަރަކަށް. އެކި ހިސާބުތަކުގައި އެކި ވަރަށް ގާތްގަނޑަކަށް 14، 15 ހިސާބުގައި ގަދަކޮށް އުޅެނީ، ގަދަވާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ދައްކަނީ. ވައި ގާތްގަނޑަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި." އަޒީމާ ވިދާޅުވިއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ ދަތުރުކުރުމުގައި މޫސުމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު މެނުވީ ދަތުރު ނުފެށުމަށް އިލްތިމާސްކުރާ ކަމަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއަދުގެ 18:00 އާ ހަމައަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލޭ ދެމެދު ބާރު މިނުގައި ވައިޖެހޭނެއެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް އިރުދެކުނާއި ދެނުނުން ގަޑިއަކު ތިން މޭލާއި ތޭރަ މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ.
ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކުރެއެވެ.
ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާކޮށްފައިވާ އިރު، މާދަމާއަށްފަހު އެއް ހަފުތާއަށް ސެކަންޑް ޓާމް މިޑްބްރޭކަށް ސްކޫލު ޗުއްޓީއެއް ލިބޭނެއެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް