އޯޕަންއޭއައިގެ މަސްނޫއީ ބުއްދީގެ ނިޒާމެއް މެދުވެރިކޮށް، ފާއިތުވި ނުވަދިހަ އަހަރު ވާންދެން ހައްލު ނުކުރެވި އޮތް ހިސާބު އިލްމުގެ އެންމެ އުނދަގޫ އެއް މައްސަލަ ކަމަށްވާ "ނޭވިއަރ ސްޓޯކްސް" މައްސަލަ އެންމެ 88 ގަޑިއިރު ތެރޭގައި ހައްލުކޮށްފިއެވެ.
މި ކާމިޔާބީ ހޯދާފައިވަނީ އެއްފަހަރާ މަސައްކަތްކުރި 10،000 އޭއައި އޭޖެންޓުން ބޭނުންކޮށްގެންނެވެ. އޯޕަންއޭއައި އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ޖަވާބު ހޯދުމަށްފަހު، އެ ކުންފުނީގެ އެންމެ ފަހުގެ މޮޑެލް މެދުވެރިކޮށް 17 ގަޑިއިރުގެ ތެރޭގައި ވަނީ އެ ޖަވާބުގެ ސައްހަކަން ކަށަވަރުކޮށްފައެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ހަތް މިލޭނިއަމް މައްސަލައިގެ ތެރޭގައި ހިމެނޭ މި މައްސަލައަކީ ގޭހާއި ދިޔާތަކެތި ދައުރުވާ ގޮތް ދެނެގަތުމަށް ބޭނުންކުރާ ހިސާބު އިލްމުގެ މުހިންމު ސުވާލެކެވެ. މިއީ މޫސުމީ ބަދަލުތަކާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވެސް ނުހަނު ބޭނުންތެރި ހޯދުމަކަށް ވެގެންދާނެ ކަމަށް އިލްމުވެރިން ލަފާކުރެއެވެ.
މި މައްސަލަ ހައްލުކުރާ ފަރާތަކަށް ކްލޭ މެތަމެޓިކްސް އިންސްޓިޓިއުޓުން އެއް މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައި އޮތް ނަމަވެސް، އޯޕަންއޭއައި އިން ވަނީ އެ އިނާމާ ހަވާލުނުވާނެ ކަމަށް ބުނެފައެވެ. އެ ކުންފުނިން ފާހަގަކުރާ ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އިލްމީ ހޯދުންތަކުގައި މަސްނޫއީ ބުއްދިއަށް ކުރިއެރުން ގެނެވިދާނެ މިންވަރު ދުނިޔެއަށް ހާމަކޮށްދިނުމެވެ.
ނަމަވެސް، މި ހޯދުމާއެކު ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން، އެހެން ބަޔަކު ކުރަމުންދިޔަ ދިރާސާތަކެއްގެ މައުލޫމާތު އޯޕަންއޭއައިގެ ސިސްޓަމްތަކުން ބޭނުންކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ.
މި ތާރީހީ ހޯދުމަކީ މަސްނޫއީ ބުއްދި ބޭނުންކޮށްގެން އިންސާނުންނަށް ހައްލުކުރަން އުނދަގޫ އިލްމީ މައްސަލަތައް އަވަސް މިނެއްގައި ނިންމިދާނެކަން ސާބިތުކޮށްދިން ކަމެކެވެ. އަދި މިއީ ކުރިމަގުގައި ހިސާބު އިލްމާއި ސައިންސްގެ ދާއިރާއިން އާ އީޖާދުތަކެއް ކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
އޯޕަން އޭއައި
އޯޕަން އޭއައި
އޯޕަން އޭއައި
އޯޕަން އޭއައި
ކޮމެންޓް