ޗައިނާގެ މާލީ ބާޒާރުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިއްސާގެ އަގުތައް އުފުލުމާއި އޮޅުވާލުމުގެ އަމަލުތައް ހިންގަމުންދާތީ، އެ ގައުމުގެ ރެގިއުލޭޓަރުން އެކަމަށް އިންޒާރުދީފިއެވެ. ހަމައެއާއެކު، މައިކްރޮސޮފްޓުން އަންނަނީ އޯޕަންއޭއައިގެ މޮޑެލްތައް ޗައިނާގެ ލޯކަލް ޕާޓްނަރުންނަށް ލައިސަންސްކޮށްދީ، އެ ގައުމުގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުންނެވެ.
ޝަންހާއީގައި ބޭއްވި ލޫޖިއާޒުއީ ފޯރަމްގައި ވާހަކަދައްކަވަމުން، ޗައިނާ ސެކިއުރިޓީޒް ރެގިއުލޭޓަރީ ކޮމިޝަން (ސީއެސްއާރުސީ) ގެ ޗެއާމަން ވޫ ޗިންގް ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ ނަމުގައި ހިއްސާގެ އަގުތައް އުފުލުމާއި، އިންސައިޑަރ ޓްރޭޑިން އަދި އޭއައި ބޭނުންކޮށްގެން ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅުއްވާނެއެވެ.
ސީއެންބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ޗައިނާގެ ސީއެސްއައި އޭއައި އިންޑެކްސް ވަނީ 30 އިންސައްތަ އުފުލިފައެވެ. ނަމަވެސް އާންމު މާކެޓު އިންޑެކްސް އުފުލިފައިވަނީ ހަ އިންސައްތައަށެވެ.
މާލީ ބާޒާރު ކޮންޓްރޯލްކުރުމަށް ޗައިނާއިން މަސައްކަތްކުރަމުންދާއިރު، މައިކްރޮސޮފްޓުން ވަނީ ޗައިނާގެ ކުންފުނިތަކަށް އެޒުއަރ މެދުވެރިކޮށް އޯޕަންއޭއައިގެ މޮޑެލްތައް ފޯރުކޮށްދޭން ފަށައިފިއެވެ. މީގެ ސަބަބުން ބޭރުގެ ކުރިއަރާފައިވާ އޭއައި އިންފްރާސްޓްރަކްޗާ ޗައިނާގެ މާކެޓަށް ވަނުމަށް ވަނީ މަގުފަހިވެފައެވެ.
މި ދެ ކަމާ ގުޅިގެން މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އެތެރޭގެ މާކެޓުގައި އޭއައި ބޭނުންކޮށްގެން ކުރާ ވިޔަފާރިތައް ހަރުކަށިކުރުމާއި، ބޭރުގެ އޭއައި ޓެކްނޮލޮޖީ އެތެރެވުމުގެ ސަބަބުން ޗައިނާގެ ޓެކް ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ކެޕިޓަލް މާކެޓުގައި އޭއައި ބޭނުންކުރާނެ ގޮތުގެ އާ އުސޫލުތަކެއް ސީއެސްއާރުސީން އާންމުކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް