މުޖުތަމައަށް ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އިންޓަނޭޝަނަލް އެވޯޑެއް ކަމަށްވާ ޝީ ފޯ ދަ ނޭޝަން ސީޒަން 2 އެވޯޑު ދީފިއެވެ.
އެނިއެލްޕް ގްރޫޕުން ދިން މި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު، ޝިދާތާ ވިދާޅުވީ، މިއީ އިޖުތިމާއީ ހިދުމަތުގައި ދެމިހުންނަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި އެވޯޑަކީ އޭނާއަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެވޯޑުން ރަމްޒުކޮށްދެނީ މުޖުތަމައުގައި އަޑުއުފުލަންޖެހޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، މީހުން ބާރުވެރިކުރުވުމަށާއި ހެޔޮ ބަދަލުތައް ގެނައުމަށް އޭނާ ކުރައްވަމުން ގެންދަވާ ދިގު ދަތުރު ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މިފަދަ އެވޯޑުތަކުގެ ސަބަބުން، މުޖުތަމައަށް ފައިދާހުރި މުހިންމު މަސައްކަތްތައް ކުރުމުގައި ދެމިތިބުމަށް މީހުންނަށް އާ އުންމީދެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އޭނާގެ ދަތުރުގެ އަގުވަޒަންކުރުމެއް ނޫން ކަމަށާއި މިއީ މުޖުތަމައަށް ހިދުމަތްކުރުމުގައާއި ހައްގުތަކަށް ވަކާލާތުކުރުމުގައި ދެމިހުރުމަށް ލިބުނު ހަނދާންކޮށްދެވޭ ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީ ފާހަގަކުރައްވަމުން، ޝިދާތާ ވަނީ އޭނާގެ މި ދަތުރުގައި އެކި ގޮތްގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް މި އެވޯޑު ހާއްސަކުރައްވައިފައެވެ.
މީގެ އިތުރުން، މި އެވޯޑު އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެނިއެލްޕް ގްރޫޕުގެ ކޯ ފައުންޑަރު ޕޫޖާ ޝްރީއަށްވެސް ޝިދާތާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
ޝިދާތާއަށް މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ބައެއް އެވޯޑުތައް ލިބިގެންފައެވެ.
އަލީ ޔާމިން
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު
ކޮމެންޓް