ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މައި އޮފީސް އިމާރާތާއި އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ހުޅުމާލެއިން 13،574 އަކަފޫޓުގެ ބޮޑު ބިމެއް ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ އެ އޮތޯރިޓީގެ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް ދޭކުން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާ ކުރާނެ އިމަޖެންސީ ވެއާހައުސްއަކާއި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެންޑީއެމްއޭއިން ބުންޏެެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ކޮމެންޓް