އީރާނުގެ ނިއުކްލިއަރ މަރުކަޒެއް ކަމަށްވާ "ޕިކްއެކްސް މައުންޓަން" އަށް ވަރަށް އަވަހަށް ހަމަލާދީފާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ދެއްވައިފިއެވެ.
ހުކުރު ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ މަރުކަޒުގައި އެއްވެސް ހަރަކާތެއް ހިނގާ ނަމަ އެމެރިކާއިން ވަރަށް އަވަހަށް ހަމަލާދޭނެއެވެ.
"އީރާނުގެ އެކި ކަންކޮޅުތަކުގައި ހިނގާ ހުރިހާ ކަމެއް އަހަރެމެންނަށް އެނގޭ. އަދި ގޯސްކޮށް ކަމެއް ހިނގައިފި ނަމަ، އަހަރެމެން ވަރުގަދަ ހަމަލާއެއް ދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަކީ ހަނގުރާމައެއް ނޫން ކަމަށާއި، އެއީ އަސްކަރީ ކުރިމަތިލުމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އެމެރިކާއަށް މިއީ ވަރަށް ކުޑަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ޖުލައި މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ޕިކްއެކްސް މައުންޓަންއަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕިކްއެކްސް މައުންޓަންއަކީ އީރާނުގެ ނަތަންޒް ނިއުކްލިއަރ މަރުކަޒާ ކައިރީގައި ބިމުގެ އަޑީގައި ހަދާފައިވާ ވަރުގަދަ ބިންގަރާސްތަކެކެވެ. މި މަރުކަޒާ ގުޅޭގޮތުން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މީގެ ކުރިން ބުނެފައިވަނީ، އެ ތަނުގައި ނިއުކްލިއަރ އެއްވެސް ހަރަކާތެއް ނުހިނގާ ކަމަށެވެ. ނަމަވެސް، އީރާނުގެ ސަރުކާރުގެ އިސް މުޝީރަކު ވަނީ އެ ތަނަށް ހަމަލާއެއް ދީފި ނަމަ މުޅި ސަރަހައްދަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް