ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އުމުރުން 29 އަހަރުގެ އަޒުހަދު ނަސީމް އާއި އެ ރަށު ރޯޝަނީގެ، އުމުރުން 29 އަހަރުގެ ރިޝްފާން ރާމިޒެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެ މީހުންނަކީ ވެސް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި މިދިޔަ ޖުލައި މަހުން ފެށިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އަޕާ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެންނެވެ.
ބަލައިފާސްކުރި ދެ ގެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނާ ގުޅިގެން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، މި މައްސަލަ އަޕާ ސައުތު ޕޮލިސް އާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ތަހުގީގުކުރަމުން އަންނަ ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް