މަސްވެރި އުޅަނދު ފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރަމުން އަންނަ ނިޒާމަށް ބަދަލުތަކެއް ގެނެސް، ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ ހުރިހާ ކަމެއް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ހަމަޖައްސަން ލާޒިމް ކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ ނިޒާމު އިތުރަށް ހަރުދަނާ ކުުރުމުގެ ގޮތުން އެ ބަދަލު ގެނެސް ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ޑިއުޓީ އުނިކޮށްފައިވާ އަގުގައި ތެޔޮ ދޫކުރުމަށް މިހާރު ވެސް ބޭނުން ކުރަމުން އަންނަ "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް، ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ ސަބްސިޑީ ދިނުމުގެ މަރުހަލާތައް ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި އެ ހިދުމަތް މަސްވެރިންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން މިހާތަނަށް "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައި ނުވާ އެންމެހައި އުޅަނދުތައް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެންކަމުން، މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ މަސްވެރި އުޅަނދުފަހަރަކުންވެސް ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ކަންކަން ފުރިހަމަކުރުމަކީ ތެލުގެ ސަބްސިޑީ މެދުކެނޑުމެއްނެތި ލިބުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް މިިނިސްޓްރީން ވަނީ ބުނެފައެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް