ރާއްޖޭގައި މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާގެ ބޯހިމެނުމެއް ފަށައިފިއެވެ.
ވިޔަފާރީގެ ގޮތުގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްތަކުން ޖުމުލަ 39 ބައިވެރިޔަކު މި ބޯހިމެނުމުގައި ހަރަކާތްތެރިވެއެވެ. ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތް ހިންގަނީ އެ މިނިސްޓްރީ އާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) ގުޅިގެންނެވެ.
މި ބޯހިމެނުމުގެ ޒަރީއާއިން ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭ ބޭނުންތެރި ތަފާސް ހިސާބު އެއްކުރެވިގެންދާނެއެވެ. އޭގެ އިތުރުން، ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި އުނިކަންތައް ދެނެގަތުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައިވެސް މި ބޯހިމެނުން ފާހަގަކުރެވެއެވެ.
މި ބޯހިމެނުމުން ލިބޭ ނަތީޖާތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާ ކުރިއެރުވުމާއި، ގައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެކީގެ މައްޗަށް ބިނާވާ ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް