އަމާން އުދަރެސް ޓަވަރުން ވެއްޓުނު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓިގެން އިއްޔެ ވަނީ އެކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.
ހުޅުމާލެ ހޮސްޕިޓަލް މީޑިއާއިން މިއަދު "ވަން"އަށް ބުނީ އިއްޔެގެ ހަވީރު ފަހެއް ޖެހި އިރު އެކުއްޖާއަށް އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗް މީޑިއާއިން "ވަން" އަށް މިއަދު ބުނީ އަމާން އުދަރެސް ޓަވަރުން ވެއްޓުނު ކުއްޖާ ސްޓޭބަލް ކަމަށާއި މިއަދު ސާޖަރީއެއް ހަދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ސާޖަރީއާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެއެވެ.
ފާތިމަތު ލިއުޝާ
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ކޮމެންޓް