ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ ދަތުރުތައް އިތުރަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު 13 އިން ފެށިގެންނެވެ.
މޯލްޑިވިއަނުން އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުންދަނީ ހަފުތާގެ ފަސް ދުވަހުއެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހެވެ. ނަމަވެސް އަންނަ ޑިސެންބަރު މަހުގެ 13 އިން ފެށިގެން އާދީއްތަ ދުވަހުވެސް ދަތުރު ކުރާނެއެވެ.
އިންޑިއާކީ ވަރަށް ގިނަ ދިވެހިން ހާއްސަކޮށް ބޭސްފަރުވާއަށާއި އެކި ބޭނުންތަކަށް ދަތުރުކުރާ ގައުމެކެވެ. އެހެންކަމުން އިންޑިޔާގެ ދަތުރުތަކުގެ ޑިމާންޑު އަބަދު ވެސް ދަނީ އިތުރުވަމުންނެެވެ.
މޯލްޑިވިއަނުން މިހާރު ވަނީ، ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ގައުމީ އެއާލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަގުވާމީ ހަތަރު ގައުމެއްގެ ހަތް މަންޒިލަކަށެވެ. އެއީ، އިންޑިއާގެ ދެ ސިޓީއަކަށާއި ބަންގްލަދޭޝްގެ ޑާކާއަށާއި ޗައިނާގެ ތިން ސިޓީއަކަށާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.
މޯލްޑިވިއަނުން ދަނީ، އިންޓާނޭޝަނަލް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
ކޮމެންޓް