އެޕަލް ކުންފުނިން އެ ކުންފުނީގެ ކުރިއަށް އޮތް އޮޕަރޭޓިން ސިސްޓަމް ކަމަށްވާ “މެކްއޯއެސް ގޯލްޑަން ގޭޓް” (މެކްއޯއެސް 27) ގެ އަށްވަނަ ބީޓާ ވާޝަން ޑިވެލޮޕަރުންނަށް އާންމުކޮށްފިއެވެ.
އޮގަސްޓު 31 ގައި ނެރުނު މި އަޕްޑޭޓް މިހާރު ލިބެން ހުންނާނީ އެޕަލްގެ ޑިވެލޮޕަރ ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މެކްގެ ސިސްޓަމް ސެޓިންގްސްގެ ތެރެއިން ސޮފްޓްވެއަރ އަޕްޑޭޓަށް ގޮސް، ބީޓާ އަޕްޑޭޓްސް ހިޔާރުކުރުމުން މި ވާޝަން އިންސްޓޯލްކުރެވޭނެއެވެ.
އެޕަލްއިން އާންމުކޮށްފައިވާ ރަސްމީ ރިލީޒް ނޯޓްސްގައިވާ ގޮތުން، މި ބީޓާގައި ވަނީ ސިސްޓަމްގެ ގިނަ ކަންތައްތަކެއް ރަނގަޅުކޮށް، އާ ފީޗާތަކެއް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި އާ “ލިކުއިޑް ގްލާސް” އިންޓަފޭސްގެ ޓްރާންސްޕޭރަންސީ ކޮންޓްރޯލްކުރާނެ ގޮތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ހާއްސަ ސިރީ އެޕްލިކޭޝަނެއް ހިމެނެއެވެ.
މީގެ އިތުރުން، އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯމްކިޓް ސެކިއުއަރ ވީޑިއޯތައް ޕްރައިވެޓް ކްލައުޑް ކޮމްޕިއުޓް ބޭނުންކޮށްގެން ޕްރޮސެސްކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މެސެޖް އެޕްގައި ޗެޓްޖީޕީޓީ މެދުވެރިކޮށް މަންޒަރު އުފެއްދުމުގައި ދިމާވި މައްސަލަތަކާއި، ގޭޓްކީޕަރ މެދުވެރިކޮށް އެޕްލިކޭޝަންތައް ސާފުކުރުމަށް ފަސޭހަ ކޮމާންޑްތަކެއް ވެސް މި އަޕްޑޭޓްގައި ވަނީ ހިމަނާފައެވެ.
މެކްރޫމާސް އަދި އޯއެސް އެކްސް ޑެއިލީ ފަދަ ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އިންޓެލް ޕްރޮސެސަރުތަކަށް ސަޕޯޓުނުކުރާ ގޮތަށް އެޕަލްއިން ނެރޭ ފުރަތަމަ މެކްއޯއެސްއެވެ. އެހެންކަމުން މެކްއޯއެސް ގޯލްޑަން ގޭޓް މަސައްކަތްކުރާނީ ހަމައެކަނި އެޕަލް ސިލިކަން ޗިޕްތައް ހިމެނޭ ކޮމްޕިއުޓަރުތަކުގައެވެ. އަދި މިއީ އިންޓެލްގެ އެޕްލިކޭޝަންތައް ހިންގުމަށް ބޭނުންކުރާ “ރޮޒެޓާ 2” ގެ ފުރިހަމަ ސަޕޯޓު ލިބޭނެ އެންމެ ފަހު އޮޕަރޭޓިން ސިސްޓަމް ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މެއިލް އަދި ސްޕޮޓްލައިޓް ސާޗްގެ ސްޕީޑް ވެސް މި ވާޝަންގައި އަވަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު ޑިވެލޮޕަރުންނަށް ދޫކޮށްފައިވާ މި އޮޕަރޭޓިން ސިސްޓަމްގެ ޕަބްލިކް ބީޓާ ވަރަށް އަވަހަށް އާންމުކުރާނެއެވެ. އަދި މި ސިސްޓަމްގެ ފުލް ވާޝަން އާންމުކޮށް ރިލީޒްކުރާނީ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް