ސައިންސާއި އިންޖިނިއަރިން، ހިސާބު އިލްމަށް ސްޓޫޑަންޓް ލޯނުތަކުގެ 50 ޕަސެންޓް ހާއްސަކުރަައްވަން ވިސްނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ރޭ ގެނެސްދިން "ދަ ޕަލްސް" ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތައުލީމު ވަރަށް މުހިންމު ކަމަށާއި ޔުނިވަސިޓީތަކުން ނުކުންނަ ދަރިވަރުންނަކީ ގައުމަށް ފައިދާކުރަނިވި ދަރިންތަކަކަށްވާން ޖެހޭ ކަމަށެވެ.
"ޔުނިވަސިޓީން ނުކުތީ ހުސްއަތާ ކަމަށްވަންޏާ ފުރުސަތުތައް ހަނިވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސައިންސާއި އިންޖިނިއަރިން ދާއިރާ ކުރިއަރުވަން ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.
"އަޅުގަނޑު މި ބަލަނީ ކުރިއަށް އޮތް ތާނގައި ލޯނުތަކުގެ ދެބައިކުޅަ އެއްބައި ހާއްސަކުރާނީ ސައިންސާއި އިންޖިނިއަރިން، މެތަމެޓިކްސް ދާއިރާތަކަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ބޭނުމަކީ ކުރު މުއްދަތެއްގައި ގިނަ އަދަދެއްގެ ދިވެހިން އެ ދާއިރާތަކުން ކިޔަވައިގެން އައިސް ދިވެހީން އެ ދާއިރާތައް ޑޮމިނޭޓް ކުރުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިންޖިނިއަރުންނާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި ރާއްޖެ ތަރައްގީކުރުމުގައި އިންޖިނިއަރުންގެ ދައުރު ބޮޑު ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް