ރާއްޖޭގައި ފާހަގަކުރެވޭ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހާއްސަ ދެ ސްކޮލާޝިޕެއް އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.

އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން މިއަދު ބޭއްވި ހާއްސަ ހަފްލާގައި މި ސްކޮލާޝިޕް އިންތިޒާމުކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓި (އެމްއެންޔޫ)ގެ ޗާންސަލަރު ޑރ. މަހުމޫދު ޝައުގީ އަދި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝިމާދު އިބްރާހީމެވެ.

އެސްޓީއޯއިން ތައާރަފުކުރި މި ދެ ސްކޮލާޝިޕް ހާއްސަކޮށްފައިވަނީ ކޮންކްރީޓް ޓެކްނޮލޮޖީން ސްޕެޝަލައިޒް ވުމަށާއި، އެލަވޭޓާ އިންސްޓޯލޭޝަނުން ޝްޕެޝަލައިޒްވުމަށެވެ.

ކޮންކްރީޓް ޓެކްނޮލޮޖީން ސްޕެޝަލައިޒްވާ ސްކޮލާޝިޕަކީ އިންޖިނިއަރިން ދާއިރާއިން އަންޑާ ގްރެޖުއޭޓްވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލާ ފުރުސަތެކެވެ. އެއީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއަކުން، އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވެވޭ ސްޕެޝަލައިޒޭޝަނެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ދުނިޔޭގެ އެންމެ މަގުބޫލް ބްރޭންޑްގެ އެލެވޭޓާ "ކޯނޭ" ޑިސްޓްރިބިއުޓްކުރަނީ އެސްޓީއޯއިން ކަމަށް ވެފައި، އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށްޓަކައި ކޯނޭ އެކަޑަމީއާ ގުޅިގެން އެލަވޭޓާ އިންސްޓޯލޭޝަނަށް ހާއްސަ ސްކޮލާޝިޕްއެއް ވަނީ ތައާރަފު ކުރެވިފައި،" އެސްޓީއޯއިން ބުންޏެވެ.