ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފްރެންޗައިޒް 'ރޭސް' ގެ އާ ފިލްމަކަށް، ޕްރޮޑިއުސަރު ރަމޭޝް ތައުރާނީއާއެކު އާމިރު ހާނާއި ސިދާތު މަލޯތުރާ އަދި ޓައިގާ ޝްރޮފް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް އާމިރު ހާނަށް ކަމުގޮސްފައިވާއިރު، އޭނާ އަންނަނީ ލިޔުންތެރިންނާއެކު ސްކްރިޕްޓް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސިދާތާއި ޓައިގާއަށް ވެސް މި ފިލްމުގެ ވާހަކަ ކަމުގޮސްފައިވާ ކަމަށް ނަން ހާމަނުކުރާ މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ފިލްމު ޑައިރެކްޓުކުރާނީ ވިޖޭ ކްރިޝްނާ އަޗާރިއާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. ޕިންކްވިލާގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިއީ އިންޑިއާގެ ސިނަމާގައި މީގެ ކުރިން ނުފެންނަ ފަދަ ތަފާތު އެކްޝަން ތްރިލާއަކަށް ހަދަން އާމިރު ހާން ބޭނުންވެއެވެ.
ނަމަވެސް، މިއީ އަދި ރަސްމީކޮށް ކަށަވަރުވެފައިވާ ކަމެއް ނޫނެވެ. އާމިރު ހާނާއި ޓައިގާ ޝްރޮފް މި ފިލްމުން ފެންނާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރަމޭޝް ތައުރާނީ އަދި އެއްވެސް ފަންނާނަކު ވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ތައުރާނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 'ރޭސް 4' އާ ގުޅޭގޮތުން އޭރު މަޝްވަރާކުރަމުން ދިޔައީ ސައިފް އަލީ ހާނާއި ސިދާތު މަލްހޯތުރާއާއެކު އެކަނި ކަމަށެވެ. އަދި އިތުރު އެއްވެސް ފަންނާނަކާ އޭރު ވާހަކަދައްކާފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
'ރޭސް' ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުގައި ލީޑު ރޯލު ކުޅެފައިވަނީ ސައިފް އަލީ ހާނެވެ. ނަމަވެސް 2018 ވަނަ އަހަރު ނެރުނު 'ރޭސް 3' ގެ ލީޑު ރޯލުން ފެނިފައިވަނީ ސަލްމާން ހާނެވެ.
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
އާމިރް ޚާން
ކޮމެންޓް