އާމިރު ހާން އަދި ކަރީނާގެ ކުރިއަށް އޮތް ފިލްމު ލާލް ސިންގް ޗައްދާ އާ ގުޅޭގޮތުން ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި އާމިރު ވަނީ ޝައުގުވެރި ވާހަކަތަކެއް ދައްކައިފަ އެވެ. އެ ގޮތުން އާމިރު ހާން ބުނަނީ ފިލްމު ޝޫޓިން ކުރިއަށް ދިޔައިރު ކަރީނާ އާ ކޮރޯނާގެ ސަބަބުން ދިމާވި ކަންތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ.
އަދުވައިތު ޗަންދަން ޑައިރެކްޓު ކުރާ ލާލް ސިންގް ޗައްދާ އަކީ 1994 ގައި ނުކުތް މަޝްހޫރު ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕު އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
ފިލްމު ޝޫޓު ކުރަމުން ދިޔައީ ޕެންޑެމިކުގެ ތެރޭގައި ކަމަށް ވެފައި، އެކަމުގެ ސަބަބުން ނުކުތް މައްސަލަ ތަކުގެ އިތުރަށް ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރު ހާން ބަލިވެ އިންކަން ހާމަކުރީ ފިލްމުގެ ޝޫޓިންގު ކުރިއަށް ދިޔަ ދުވަސްވަރުގައި ކަމަށް އާމިރު ބުނެއެވެ.
އާމިރު އޭނާގެ އަންހެނުން ކިރަން ރާއޯ އާއެކު ފެންނަ ވީޑިއޯގައި މިފިލްމާ ބެހޭ ގޮތުން ވާހަކަދައްކަމުން، ދުނިޔެ ކޮރޯނާ އާ ކުރިމަތިލާން ޖެހުނު އިރު އެމީހުންނަށް ޖެހުނީ ކޮރޯނާ އަދި ކަރީނާ އާ ވެސް ކުރިމަތިލާން ކަމުގައި މަޖަލަކަށް ބުނެއެވެ.
އާމިރު ބުނެފައިވާ ގޮތުގައި އޭނާ އާއި ޑައިރެކްޓަރު އަދުވައިތު ފިލްމުގެ މަސައްކަތް ސިފަ ކުރީ ''ފޮރެސްޓް ގަމްޕު'' ފަށާއިރު ފެންނަ ފިޔަ ފަތާއެވެ. އެ ފިޔަ ވަޔާއެކު އެކި ދިމަދިމާއަށް ގެންދާ ގޮތަށް، ލާލް ސިންގް ޗައްދާގެ މަސައްކަތްވެސް ދިމާވި ގޮން ޖެހުންތަކާއެކު އެކި ދިމާއަށް ދިޔަ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ނިމޭއިރު ގޮސް މަޑުވާނީ ކޮންދިމާއަކަށް ކަން ނޭނގޭ ކަމުގައި ބުނެފައި ވެއެވެ.
މިފިލްމު މިއަހަރުގެ ފަހުކޮޅުގައި ރިލީސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމުގައި އާމިރު ގެ އިންޓަވިއުގައި ބުނެފައިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް