ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ކުރީގެ މެންބަރު އަހްމަދު ހަމީދު (ފްލައި) ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މ. މަލްޖާ، އުމުރުން 55 އަހަރުގެ އަހްމަދު ހަމީދު (ފްލައި) ވަނީ މާލޭ ސިޓީ ކައުންސިލުގެ މެންބަރުކަމުގެ އިތުރުން، ޑީއާރުޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގައި ވެސް އިސް މަސައްކަތްތަކެއް ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ފްލައި ހޯދަމުންދަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭނާ ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން މާދަމާ ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ސިިވިލް ކޯޓަށް ހުށަހެޅިފައިވާ ފްލައިގެ އެ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.