ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި ފުލައިޓެއްގެ ތެރޭ މީހެއްގެ ގައިގައި އަތްލި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ރޭ ބުނީ ވީއައިއޭއަށް ޖެއްސި ފުލައިޓެއްގައި އިންމީހަކު އެހެން މީހެއްގެ ގައިގައި އަތްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ މަސްތުގެ ހާލަތުގައި ހުރި ބިދޭސީ ފަސިންޖަރެއް އަންހެން ފަސިންޖަރެއްގެ ގައިގައި އަތްލި މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް އަދި އެހެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.