އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި ފުލެޓް ގަތުމަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސަން ދަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒީމް މުހައްމަދު ވިދާޅުވީ، ބޭންކުތަކުން ގެދޮރުވެރިކަމުގެ ލޯނު ނެގުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީއަށް ބޭނުންވާ ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން، އެ ދަތިކަން ހައްލުކޮށް ދިނުމަށް ބޭންކުތަކާ ގުޅިގެން ދެ ފައިނޭންސިން ޕްރޮގްރާމެއް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. ދެ ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދީގެން އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަތަރު ބޭންކަކާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ އެއްބަސްވުންތަކުގައި ސޮއިކޮށް، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުކޮށް ކުރިމަތިލުމަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ތައާރަފު ކުރި "ހިޔާވެހި ފައިނޭންސިން ސްކީމް" އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، އެ ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެ އެހީތެރިކަމުގެ އިތުރުން، ސޯޝަލް ހައުސިންގެ ބޭރުން އަތްފޯރާ އަގުގައި ގެދޮރު ގަތުމަށް މަގުފަހިކޮށްދޭ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ދަށުންވެސް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
ކޮމެންޓް