ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑައިރެކްޓަރުންނެވެ. މި އެއްބަސްވުމާ ގުޅޭ އެންމެހައި މަސައްކަތްތައް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރާނެއެވެ. މި ނިޒާމުގެ ތެރެއިން މައުލޫމާތު ބަދަލުކުރާނީ ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދުގައެވެ.
އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މީގެ ސަބަބުން ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެއެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް