އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން އެ މަގާމަށް އައްޔަނުކުރީ 24 ޖުލައި 2024 ގައެވެ.
އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ، ހިސާން އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ.
"ސަބަބެއްގެ ގޮތުގައި މިއޮތީ އެމްޑީޕީގެ ރައީސް އިސްތިއުފާ ދެއްވުމުން ނައިބަކީ ރައީސް އައްޔަނުކުރައްވާ މަގާމަކަށް ވުމުން މިހާރު ނައިބު ކަމުގައި އޮތުމުގެ މަސްލަހަތު ނެތުުމުން ކަމަށް" އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ގޮތުން އަބްދުﷲ ޝާހިދު ވަނީ މިފަހުން އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ. ޕްރައިމަރީގައި ހިސާން ތާއިދުކުރައްވަނީ ޝާހިދުއަށެވެ.
އިއްޔެ ވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ، އަހުމަދު އަބްދުﷲ ވެސް އިސްތިއފާ ދެއްވައިފައެވެ. އޭނާ ވެސް އިސްތިއުފާ ދެއްވީ ޝާހިދުގެ ކެމްޕޭންގައި ހަރަކާތްތެރިވުމަށެވެ.
އަލީ ޔާމިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ކޮމެންޓް