އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި ކާނާ ވިހަވެގެން އެޑްމިޓް ކުރި ދަރިވަރުން، ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ 31 ކެޑޭޓް ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދޭން އެޑްމިޓް ކުރިއެވެ.
ކާނާ ވިހަވެގެން މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށާއި ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރެއްގެ އިތުރުން، އޭއީއެޗްގައި ހަތް ކެޑޭޓް ދަރިވަރަކު އެޑްމިޓް ކުރިއެވެ.
އައްޑޫ ސިޓީގެ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ބައެއް ދަރިވަރުންނަށް ކާނާ ވިހަވި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފައެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ، ކޭމްޕުގައި ބައިވެރިވި ކުދިންނަށް ކާނާ ވިހަވެ، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިހާރު މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބެލެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ކޮމެންޓް