ސަލްމާން ހާނާއި ނަޔަންތާރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "މޮންސްޓަރ" ގެ ކާސްޓާ، މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރޯނިތު ރޯއީ އަދި ސީމާ ބިސްވާސް ގުޅިއްޖެއެވެ.
ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ތަރިން ފިލްމާ ގުޅިފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ފިލްމުގެ ޝޫޓިން މިހާރު މުމްބާއީގައި ކުރިއަށްދާއިރު، ރޯނިތު ރޯއީ ފެނިގެންދާނީ ވަރަށް ތަފާތު އަދި ޕޮޒިޓިވް ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސީމާ ބިސްވާސްގެ ރޯލާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ޕިންކްވިލާއިން ބުނާ ގޮތުގައި، ރޯނިތު އަދި ސީމާއަށް ވަނީ މުހިންމު ރޯލުތަކެއް ދީފައެވެ. ފިލްމުގެ ޝޫޓިން ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ސީމާގެ ކެރެކްޓަރާ ގުޅޭ ގޮތުން ބޮޑެތި ސަޕްރައިޒްތަކެއް ރާވާފައިވާތީ، އޭނާގެ ރޯލު ސިއްރުކޮށްފައި ބޭއްވުމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމައިފައެވެ.
ޑައިރެކްޓަރު ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓުކުރާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފިތުރު އީދުގައެވެ. ސަލްމާން ހާން ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި މިކަން ކަށަވަރުކޮށްދީފައެވެ. ސަލްމާން ބުނި ގޮތުގައި، ފިލްމު ނެރުމަށް އީދު ހިޔާރުކުރީ ދުރާލައި ވިސްނުމަށްފަހުގައެވެ. ފޭނުން ކެތްތެރިވުމަށް އޭނާ ވަނީ އެދިފައެވެ.
ޕްރޮޑިއުސަރު ދިލް ރާޖޫ ޕްރޮޑިއުސްކުރާ މި ފިލްމަކީ ސަލްމާން އަދި ނަޔަންތާރާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިއީ ހިންދީ، ތަމަޅަ އަދި ތެލިނގޫ ބަހުން ނެރުމަށް ހަމަޖެހިފައިވާ ޕޭން-އިންޑިއާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން އަދި ނަޔަންތާރާގެ އިތުރުން އަރްވިންދު ސްވާމީ، ޖެކީ ޝްރޮފް، އަބިމަންޔޫ ސިންގް އަދި ރާހުލް ދޭވް ވެސް ހިމެނެއެވެ. ފިލްމުގެ ބައެއް މަންޒަރުތައް އޮކްޓޫބަރު މަހު އިންޑިއާއިން ބޭރުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ކޮމެންޓް