ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ދެން އަންނާން އޮތް ފިލްމުގައި ގަލްވާން ވެލީ ހަނގުރާމައިގެ ވާހަކަ ގެނެސްދޭން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ސަލްމާން މި ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ފިލްމު ބިނާވެފައިވަނީ 2020 ގައި އިންޑިއާ އާއި ޗައިނާގެ މެދުގައި ހިނގި ހަނގުރާމައެއްގެ މައްޗަށެވެ. ފިލްމު ޕްރޮޑިއުސްކުރާނީ ސަލްމާން ޚާން ފިލްމްސްއިންނެވެ. އަދި ފިލްމު ޝޫޓްކުރާނީ ލަދާޚްގައެވެ.
މީގެ އިތުރުން، ސަލްމާން އަށް އަލީ އައްބާސް ޒަފަރު، ކަބީރު ޚާން އަދި ސިދާތް އާނަންދް ފަދަ ޑައިރެކްޓަރުންގެ ފިލްމުތަކުގެ ހުށަހެޅުންތައްވެސް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި "ބަޖްރަންގީ ބައިޖާން 2" ގެ ސްކްރީންރައިޓަރާވެސް ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން