މަނާކޮށްފައިވާ ދުންފަތުގެ ބާވަތެއް ނުސީދާކޮށް އިޝްތިހާރުކުރި ކަމުގެ ތުހުމަތުގައި، މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހްރުކް ހާން، އަޖޭ ދޭވްގަން އަދި ޓައިގަރ ޝްރޮފަށް ނޯޓިސް ފޮނުވައިފިއެވެ.
އެފްޑީއޭއިން މި ތިން ތަރިންނަށް ނޯޓިސް ފޮނުވީ “ވިމަލް އިލައިޗީ” ގެ އިޝްތިހާރެއް ކުޅުމާ ގުޅިގެންނެވެ. އެ އިދާރާއިން ތުހުމަތުކުރާ ގޮތުގައި މިއީ މަނާކޮށްފައިވާ “ވިމަލް ޕާން މަސާލާ” އާއި ދުންފަތުގެ ބާވަތްތައް ނުސީދާކޮށް އިޝްތިހާރުކުރުމުގެ އަމަލެކެވެ.
އެފްޑީއޭގެ ކޮމިޝަނަރު ތުކާރާމް މުންޑޭ ވިދާޅުވެފައިވާގޮތުގައި، މިމަހުގެ 11 ވަނަ ދުވަހު ފޮނުވި މި ނޯޓިހަށް އެ ތަރިންގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
މުމްބާއީ ޕްރެސް ކްލަބްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންޑޭ ވިދާޅުވީ، އެއްޗެއް އިޝްތިހާރުކުރުމަކީ ގޯހެއް ނޫން ކަމަށާއި، ނަމަވެސް އެކަން ގަވާއިދާ ހިލާފަށް ކުރުމަކީ މައްސަލައެއް ކަމަށެވެ. “ނޫސްތަކާއި ޓީވީ އަދި ސޯޝަލް މީޑިއާގައި ދައްކާ އިޝްތިހާރުތައް އަޅުގަނޑުމެން އަންނަނީ ބަލަމުން. ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،” އޭނާ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ އެފްއެސްއެސްއޭއައިގެ ގަވާއިދުތަކުގެ ދަށުން، އިޝްތިހާރުކުރާ ފަރާތްތަކާއި އެ އިޝްތިހާރުގައި ހަރަކާތްތެރިވާ ތަރިންނަށް ވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށް މުންޑޭ ފާހަގަކުރެއްވިއެވެ. މި ގަވާއިދާ ހިލާފުވެއްޖެ ނަމަ 10 ލައްކަ ރުޕީސްއާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، އިޝްތިހާރުތައް ހުއްޓާލަން އެންގުމުގެ ބާރު އެފްޑީއޭއަށް ލިބިގެންވެއެވެ.
މި ނޯޓިހަށް ޖަވާބުދާރީވުމަށް އެފްޑީއޭއިން ދީފައިވަނީ 15 ދުވަހުގެ މުހުލަތެކެވެ. މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، އިތުރު އެންގުމަކާ ނުލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރުދީފައެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ކޮމެންޓް