ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކ. މީނާޒު ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޝައްމޫންގެ ނަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެޗްއާރުސީއެމް އަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޝައްމޫން ގެ އިތުރުން ގދ. ތިނަދޫ އަސޭ، ސަމާއު އަހްމަދު ނަޖީބުގެ ނަމެވެ.
ދެ ބޭފުޅުންވެސް، އެ ކަމަށް ގާބިލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި، ސަމާއު އަހްމަދު ނަޖީބުގެ މެންބަރު ކަމުގެ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް