ޢާލަމްތަކުގެވެރި މާލިކުލްމުލްކި ޛުލްޖަލާލިވަލްއިކުރާމި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ތަބާރަކަވަތަޢާލާ، މުޅި އިންސާނިއްޔަތަށް ކައުކުރެއްވި، ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވެވި ޚާތިމުލްއަންބިޔާއި ވަލްމުރްސަލީން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެދޭހަށް ކައުކުރެއްވި މާތްސާހިބު މިދޭހަށް ފައުޅުކުރެއްވީ، ހަނދު މަހުން މީގެ 1501 އަހަރު (ހިޖުރަައިގެ 53 އަހަރު ކުރިން) އައި ރަބީޢުލްއައްވަލު މަހެއްގައެވެ. (މީލާދީ ތާރީޚުން ބަލާއިރު 570 ވަނަ އަހަރުއެވެ. މީލާދީ ތާރީޚުން މީގެ 1456 އަހަރު ކުރިންނެވެ.) ފުރައިތުރު މައްކާގައެވެ.
އެންމެހައި މީސްތަކުންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި، އިދުރީސް ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި، ނޫޙް ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި އިބްރާހީމް ޢަލައިހިއްސަލާމުގެ ދަރިކަލުން، އިސްމާޢީލު ޢަލައިހިއްސަލާމުގެ ދަރިކޮޅުން ވަޑައިގެންނެވި،
ޢަދުނާނުގެފާނުގެ ދަރިކަލުން މަޢައްދުގެފާނުގެ ދަރިކަލުން، ނިޒާރުގެފާނުގެ ދަރިކަލުން، މުޟަރުގެފާނުގެ ދަރިކަލުން، އިލްޔާސްގެފާނުގެ ދަރިކަލުން، މުދުރިކަތުގެފާނުގެ ދަރިކަލުން، ޚުޒައިމަތުގެފާނުގެ ދަރިކަލުން، ކިނާނަތުގެފާނުގެ ދަރިކަލުން، އައްނަޟިރުގެފާނުގެ ދަރިކަލުން، މާލިކުގެފާނުގެ ދަރިކަލުން،
ފިހުރު (ޤުރައިޝް)ގެފާނުގެ ދަރިކަލުން، ޣާލިބުގެފާނުގެ ދަރިކަލުން، ލުއައްޔުގެފާނުގެ ދަރިކަލުން، ކަޢުބުގެފާނުގެ ދަރިކަލުން، މުއްރަތުގެފާނުގެ ދަރިކަލުން، ކިލާބުގެފާނުގެ ދަރިކަލުން،
ޤުޞައްޔުގެފާނުގެ ދަރިކަލުން، ޢަބްދުމަނާފުގެފާނުގެ ދަރިކަލުން، ހާޝިމްގެފާނުގެ ދަރިކަލުން، ޢަބްދުލްމުއްތަލިބުގެފާނުގެ ދަރިކަލުން، ޢަބްދުﷲގެފާނުގެ ދަރިކަލުން، ކައުސާހިބު މުޙައްމަދުއްރަސޫލުﷲ ޞައްލައްﷲޢަލައިހިވަސައްލަމް!
ފިހުރު (ޤުރައިޝް)ގެފާނުގެ ދަރިކަލުން، ޣާލިބުގެފާނުގެ ދަރިކަލުން، ލުއައްޔުގެފާނުގެ ދަރިކަލުން، ކަޢުބުގެފާނުގެ ދަރިކަލުން، މުއްރަތުގެފާނުގެ ދަރިކަލުން، ޔަޤްޒާގެފާނުގެ ދަރިކަލުން،
މަޚްޒޫމް ވަންހަ،
މަޚްޒޫމްގެފާނުގެ ދަރިކަލުން، އިމްރާނުގެފާނުގެ ދަރިކަލުން، ޢާއިދުގެފާނުގެ ދަރިކަލުން، ޢަމްރުގެފާނުގެ ދަރިކަނބަލުން، ފާޠިމަތުގެފާނުގެ ދަރިކަލުން، ޢަބްދުﷲގެފާނުގެ ދަރިކަލުން، ކައުސާހިބު މުޙައްމަދުއްރަސޫލުﷲ ޞައްލައްﷲޢަލައިހިވަސައްލަމް!
ފިހުރު (ޤުރައިޝް)ގެފާނުގެ ދަރިކަލުން، ޣާލިބުގެފާނުގެ ދަރިކަލުން، ލުއައްޔުގެފާނުގެ ދަރިކަލުން، ކަޢުބުގެފާނުގެ ދަރިކަލުން، މުއްރަތުގެފާނުގެ ދަރިކަލުން، ކިލާބުގެފާނުގެ ދަރިކަލުން،
ޒުހުރަތު ވަން
ހަޒުހުރަތުގެފާނުގެ ދަރިކަލުން، ޢަބްދުމަނާފުގެފާނުގެ ދަރިކަލުން، ވަޙްބުގެފާނުގެ ދަރިކަނބަލުން، އާމިނަތުގެފާނުގެ ދަރިކަލުން، ކައުސާހިބު މުޙައްމަދުއްރަސޫލުﷲ ޞައްލައްﷲޢަލައިހިވަސައްލަމް.
ފިހުރު (ޤުރައިޝް)ގެފާނުގެ ދަރިކަލުން، ޣާލިބުގެފާނުގެ ދަރިކަލުން، ލުއައްޔުގެފާނުގެ ދަރިކަލުން، ކަޢުބުގެފާނުގެ ދަރިކަލުން، މުއްރަތުގެފާނުގެ ދަރިކަލުން، ކިލާބުގެފާނުގެ ދަރިކަލުން،
ޤުޞައްޔުގެފާނުގެ ދަރިކަލުން، ޢަބްދުއްދާރުގެފާނުގެ ދަރިކަލުން، އުޘްމާނުގެފާނު ދަރިކަލުން، ޢަބްދުލްޢުއްޒާގެފާނުގެ ދަރިކަލުން، ބައްރާގެފާނުގެ ދަރިކަނބަލުން، އާމިނަތުފާނުގެ ދަރިކަލުން، ކައުސާހިބު މުޙައްމަދުއްރަސޫލުﷲ ޞައްލައްﷲޢަލައިހިވަސައްލަމް.
ވީމާ، 4 މަތިފުށުން ޤުރައިޝްވަންހައެވެ.
ހިޖުރީ ތާރީޚު ބޭނުންކުރަން ފެށްޓެވީ ހިޖުރައިން 17ވަނައަހަރު އަމީރުލްމުޢުމިނީން ޢުމަރުބުނުލް ޚައްޠާބު ރަޟިޔަﷲޢަންހުގެ ޚިލާފަތުގައެވެ.
މިއުންމަތުގެ މާތްނަބިއްޔާ މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައުސާހިބާ، ފުރައިތުރުމައްކާއިން (މައްކަތުލްމުކައްރަމައިން) މާތްވެގެންވާ މަދީނާއަށް މީގެ 1448 އަހަރު ކުރިން ކުރެއްވެވި މަތިވެރި ހިޖުރައާއި މާތް މަދީނާގައި ބިންގާ އެޅުއްވެވި އިސްލާމީ ދައުލަތަކީ ތާރީޚުގެ އެންމެ މާތް އެންމެ މަތިވެރި މަގާމު ލިބިގެންވާ އެންމެ ވަސްމީރު ޒިކުރާއެވެ. އެންމެ މާތް އެންމެ ހެޔޮވެގެންވާ ދައުލަތެވެ. އުންމަތްތަކުގެ ތެރެއިން އެންމެ މާތް އެންމެ ހެޔޮވެގެންވާ އުންމަތެވެ. ޤިޔާމަތާއި ހަމައަށް ދެމިއޮންނަނިވި އެންމެ މާތް އެންމެ ހެޔޮވެގެންވާ އުންމަތެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ އެންމެމާތް އެންމެ ހެޔޮވެގެންވާ އުންމަތެވެ.
ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވެވި ޚާތިމުލްއަންބިޔާއި ވަލްމުރްސަލީން، މި އުންމަތުގެ މާތްނަބިއްޔާ ކައުސާހިބު މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތީ އެ މާތްސާހިބުގެ އުމުރުފުޅުން 63 އަހަރުފުޅުގައެވެ. މާތްވެގެންވާ މަދީނާގައެވެ. މީގެ 1437 އަހަރުކުރިން ހިޖުރައިން 11 ވަނަ އަހަރުއެވެ. އެއީވެސް ރަބީޢުލްއައްވަލު މަހެއްގައެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު








އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް