އައްޑޫ ސިޓީގެ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ބައެއް ދަރިވަރުންނަށް ކާނާ ވިހަވި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.
އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ 31 ކެޑޭޓް ކުއްޖަކު ކާނާ ވިހަވެގެން މިއަދު ވަނީ ފަރުވާދޭން ފަށައިފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކާނާ ވިހަވެގެން މަރަދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރަކަށާއި، ފޭދޫ ސިއްހީ މަރުކަޒުގައި 12 ދަރިވަރެއްގެ އިތުރުން، އޭއީއެޗްގައި ހަތް ކެޑޭޓް ދަރިވަރަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
އެޗްއާރުސީއެމުން އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޭމްޕުގައި ބައިވެރިވި ކުދިންނަށް ކާނާ ވިހަވެ، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިހާރު މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބެލެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
އޭއީއެޗް) ގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަބްދުﷲ ވަހީދު ވިދާޅުވީ އެ ކުދިން ކައިފައިވަނީ ކޮންތަނަކުން ގެނައި ކޮން ކަހަލަ ކާނާއެއް ކަމެއް އެ ހޮސްޕިޓަލަށް މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.
މި ހަފުތާ އާދިއްތަ އަދި ހޯމަ ދުވަހަކީ ގިނަ ސްކޫތަކެއްގައި ސްކައުޓާއި ގާލްގައިޑް އަދި ކެޑޭޓް ކުދިންގެ ކުރިއެރުމަށް ދެ ދުވަހަށް ކޭމްޕްތައް ކުރިއަށްގެންދާ ދުވަސްތަކެކެވެ. އަދި މި ކޭމްޕްތަކަށް ކާތަކެތި ގެންނަނީ ބެލެނިވެރިން އަތުން ނަގާ ފައިސާއިން، އެ ކަމާ ހަވާވެ ހުންނަ ކޮންމެވެސް ބެލެނިވެރިންގެ ގްރޫޕެކެވެ. ނުވަތަ ބައެއް ސްކޫލުތަކުން ބެލެނިވެރިން އަތުން ފައިސާ ނަގައިގެން ރެސްޓޯރަންޓްތަކަށް ފައިސާ ހަވާލުކުރުމަށްފަހު ވަކި ވަގުތުތަކަކަށް ކާނާ ސްކޫލަށް ގެނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް