އަމިއްލަ ބޭނުމަށް އެއް ކާޓަން ސިނގިރޭޓް ރާއްޖެ އެތެރެކުރެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
"ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު"އަށް އިސްލާހު ގެނެސް މިއަދުވަނީ ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގައިވާ ގޮތުން ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް 200 ސިނގިރޭޓް ނުވަތަ އެއް ކާޓަން ސިނގިރޭޭޓް ރާއްޖެ އެތެރެ ކުރެވިދާނެއެވެ. އަދި 20 ސުއްޓާ ނުވަތަ 100 ގްރާމް ދުންފަތް (އިތުރު ބަދަލެއްނުގެނެސް ހިއްކައިފައި ހުންނަ، ދުންފަތް ގަހުގެ ފަތް) ރާއްޖެ އެތެރެކުރެވިދާނެކަމަށް އިސްލާހުގައިވެއެވެ.
އިސްލާހުގައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން ގުޑްސް ޑިކްލަރޭޝަން ހުށަހަޅާންނުޖެހޭ ތަކެތިވެސް ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ ތަކެތި
- ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލްމެޝިން/ އާލާތް
- ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް
- ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު
- ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިޔުބު ނުވަތަ ޕައޕް ފިލްޓަރާއެކު ހުންނަ ހުސް ޓިޔުބު ނުވަތަ ޕައިޕް
އުސޫލުގައިވާ ގޮތުން ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިޔުބު ނުވަތަ ޕައިޕް ފިލްޓަރާއެކު ހުންނަ ހުސް ޓިޔުބު ނުވަތަ ޕައިޕް އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކުރާ ނަމަ، ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް އަދި ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު އެ މީހަކަށް އެއްފަހަރާ އެތެރެ ނުކުރެވޭނެއެވެ. އަދި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިން/ އާލާތައްވެސް އެތެރެނުކުރެވޭނެއެވެ.
އުސޫލުގައިވާ ގޮތުން 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ މީހުންނަށް އެއްވެސް ބާވަތެއްގެ ދުންފަތެއް ރާއްޖެ އެތެރެނުކުރެވޭނެއެވެ.
ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އ-ީސިނގިރޭޓާއ،ި ޝީޝާއާއި، ފްލެވާޑް ސިނގިރޭޓު ނުވަތަ އ-ީލިކުއިޑް ފަދަ ތަކެތި ރާއްޖެ އެތެރެކުރުން ހުރިހާ މީހުންނަށްވެސް މަނާއެވެ.
މި އިސްލާހުތަކައް މިއަދު ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ކޮމެންޓް