މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މިދިޔަ މަހުގެ ނުވަނަ ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ދޯނި ހޯދައި، ކެޕްޓަންގެ ލައިސެންސް ހިފަހައްޓައިފިއެެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 101" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ 17:52 އެހައިކަން ހާއިރު އެ ދޯނި ވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައި ފެނިފައި ކަމަށެވެ.
ފުލުހުން އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އެ ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ސުވާލުކުރި ކަމަށް ފުލުހުން ބުނެއެވެ. އޭގެއިތުރުން، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ ކެޕްޓަންގެ ލައިސަންސް ވެސް ހިފަހައްޓައިފައެވެ.
އެ މައްސަލަ ފުލުހުންގެ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް