ބޭރު ފައިސާގެ މައްސަލަައި ޖިނާއީ ފިޔަވަޅު އަޅަން ޖެހޭނަމަ އެއްވެސް ފަސްޖެހުމެއްނެތި އެ ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް މިވަގުތު ދެނީ 63 ތަނަކުން ކަމަށެވެ. ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި ވެސް އެކަން ކުރާ ވަރަށް ގިނަ ބަޔަކު އުޅޭ ކަމަށާއި އޭގެ ތެރެއިން ހަތް ފަރާތެއް ބެލިއިރު މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ކަޅުބާޒާރުގައި އެމީހުން 77 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެނގޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހުއްދަ ނުނަގައި ބޭރު ފައިސާ މާރުކުރުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެއީ ޖިނާއީ ކުށްކޮށްގެން ހޯދާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ހަރަދު ކުރަނީ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި ވިޔަފާރި ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ.
"އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިން. އެހެންވީމާ، އެ ފަރާތްތަކުން މި އެންގޭޖު ވަނީ އެނގިގެން ވިޔަސް، ނޭނގި ވިޔަސް، މަނީ ލޯންޑަރިން ހަރަކާތްތަކުގައި،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހުއްދަ ނަގައިގެންނާއި ހުއްދަ ނުނަގައި ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރިތައް ކުރާ ފަރާތްތަކާ ދޭތެރޭގައި އިދާރީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެމްއެމްއޭއިން ކުރިއަށް ގެންދާ ކަމަށެވެ.
"ފުލުހުންގެ ފަރާތުން އަދި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކުން ކުރަމުންދާ މަސައްކަތަކީ ޖިނާއީ ކުށެއް ކުރާނަމަ އެކަމެއް ތަހުގީގު ކޮށްފައި، ޖިނާއީ މިންގަނޑުން އަޅުގަނޑުމެންނަށް ދައުވާ ކުރާ ވަރަށް ހެކި ހުރެއްޖެނަމަ އެ ދައުވާވެސް ކުރާނަން. ކޮށްފައި އެއަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަށް އެދި އަޅުގަނޑުމެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދޭނަން،" އިހުސާން ވިދާޅުވިއެވެ.
އެ އޮންނަ އުސޫލުގެ ތެރެއިން ކޯޓުތައް މެދުވެރިކޮށް ޖިނާއީ ފިޔަވަޅު އެޅިގެންދާނެ ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް