އެމްއެމްއޭއަށް ލިބޭ ޑޮލަރު އިތުރުވި ނަމަވެސް ޑޮލަރުގެ ބޮޑުބައެއް ހަރަދު ވަނީ ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިގުތިސޯދު މަޑުޖެހުނު ނަމަވެސް މިހާރު ފެނިގެންދަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ މަންޒަރު ކަމަށެވެ. އެގޮތުން އަންނަ ފަތުރުވެރިން މަދުވި ނަމަވެސް ލިބޭ އާންމުދަނީ އިތުރުވެފައިވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާއިން ލިބޭ އާންމުދަނީ އިތުރުވަމުންދާ ކަމަށާއި ބޭރު ފައިސާ ނުލިބުމުގެ ދައްޗެއް މިހާރު ނެތް ކަމަށެވެ.
"މިއަހަރުގެ ބޮޑުބައެއް އަޅުގަނޑުމެން ހިއްސާ މިކުރަނީ، 100 ޕަސެންޓަށް ބަލާނަމަ، ޖުލައި މަހާ ހަމައަށް 56 ޕަސެންޓް ހޭދަވަނީ ލޯން ދެއްކުމަށްޓަކައި،" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ބޭންކުތަކަށް ވަންނަ ޑޮލަރުގެ ސޭލްސް އިތުރު ކުރެވުނު ނަމަވެސް، ބޮޑުބައެއް ލޯނުތައް ދެއްކުމަށް މިއަހަރު ހަރަދުވެފައިވާ ކަމަށެވެ. ދައުލަތަށް ވަންނަ ޑޮލަރުން ކުރެވޭ ހޭދަތަކަކީ ކޮބައިތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރާ ކަމަށާއި ދައުލަތަށް ވަންނަ ޑޮލަރުން ކުރެވޭ އެންމެ ބޮޑު ހޭދައަކީ ލޯނު ދެއްކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ކޮމެންޓް