ރުފިޔާގެ އަގު ހިފަހައްޓަން ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، މަރުކަޒީ ބޭންކުން 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން, "ރިވާސް ރީޕާޗޭސް އޮޕަރޭޝަން" ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
މިއީ ބާޒާރުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، އޭގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެގެން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ހަރުދަނާ ފިޔަވަޅެކެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ޖޫން މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 ޕަސެންޓް ވަނީ ދަށްކުރެވިފައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވަރެޖްކޮށް ހަތް ބިލިއަން ރުފިޔާ ހުރިއިރު، މި އަހަރުގެ ޖޫން މަސް ނިމުނު އިރު މި އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި މެއިން ލިކުއިޑިޓީ އޮޕަރޭޝަންސް (އެމްއެލްއޯ) ފަށާފައިވާ އިރު، އެ އަހަރުގެ ނޮވެމްބަރު ގައި ސްޓްރަކްޓަރަލް ލިކުއިޑިޓީ އޮޕަރޭޝަންސްގެ ހުރިހާ ޓެނާސްތަކެއްގެ ރޭޓް 100 ބޭސިސް ޕޮއިންޓުން އިތުރުކޮށް، މި އޯގަސްޓްގައި އިތުރު 10 ބޭސިސް ޕޮއިންޓުން މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ
ކޮމެންޓް