އާ ކޯޗު އަންދޯނީ އިރައޯލާ އިރުޝާދުގެ ދަށުން ލިވަޕޫލުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވެއްޖެއެވެ.
ދެޓީމުންވެސް މި ސީޒަނަށް ނުކުތީ ބަދަލުތަކަކާއެކުގައެވެ. ދެ ޓީމާވެސް އާ ކޯޗުން ހަވާލުވެފައިވާ އިރު، ލިވަޕޫލުން ސީޒަނަށް ނުކުތީ މުހައްމަދު ސަލާހާ ނުލައެވެ. ނިއުކާސަލްއިން އާ ކޯޗު މަތިއަސް ޖައިސެލްއާއެކު މި ސީޒަނަށް ނުކުތް އިރު، އެޓީމުގެ މެދުތެރެއިން މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކްލަބު ދޫކޮށްލައިފައެވެ. އެގޮތުން ސާންޑްރޯ ޓޮނާލީއާއި ބްރޫނޯ ގިމަރޭޝް ފާހަގަކޮށްލެވެއެވެ.
ރަށުން ބޭރުގައި ލިވަޕޫލުން މިރޭ ޕޮއިންޓެއް ހޯދީ މެޗު 2-2 އިން އެއްވަރު ކޮށްގެންނެވެ.
ކުރީކޮޅުގައި އެންތަނީ އެލަންގާ ޖެހި ގޯލުން ނިއުކާސަލް ލީޑު ނެގީ ރަޔަން ގްރަވެންބާޗް އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ. އެ ގޯލާއެކު ނިއުކާސަލްއިން ލީޑު ނަގައި ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް އެއްވަރު ކޮށްދީފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.
އެ ގޯލަށް ދެމިނެޓް ފަހުން 57 ވަނަ މިނެޓުގައި ޖޯސެފް ވިލޮކް އަނެއްކާވެސް ނިއުކާސަލްއަށް ލީޑު ނަގައިދިން އިރު، ލިވަޕޫލަށް ޕެނަލްޓީ ލިބުނީ ވިކްޓޯ މުނޯޒަށް ލެވިސް ހޯލް ކުރި ފައުލަށެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗު އެއްވަރުކޮށްދިނީ ޑޮމިނިކް ޝޮބޮސްލާއީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް